ކަނު ލޯބީގަ ވާވަނުމުން ރޭ ދުވާ ވެސް ވަކިނުވާނެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކަނު ލޯބީގަ ވާވަނުމުން ރޭ ދުވާ ވެސް ވަކިނުވާނެ!: ޝައިޚް ޢަލީ ޒައިދު

"ކަނު ލޯތްބަކީ ހާދަ ގިނަ ބައަކު ވާވަންނަ އެއްޗެކެވެ. ކަނު ލޯބިވުމުން ރޭގަނޑު ހަނދު ދައްކާފައި އެހެރީ އިރު ކަމަށް ބުނުމުން ވެސް ޤަބޫލުކުރާ ބައަކު އުޅެއެވެ." ޝައިޚް ޢަލީ ޒައިދު

ޘައިޚް ގެ މި ބަސްފުޅު އަމާޒުކުރައްވާފައި އަމިއްލަ ފަރުދުންނަށާއި ސިޔާސީ ފަރާތްތަކަށް ބެލެވެއެވެ. ސިޔާސީ ގޮތުން ބަލައިފިނަމަ އެމީހަކު ތާއީދުކުރާ މީހަކު ކިތަންމެ ބޮޑެތި ދިގުތައް ހެދިނަމަވެސް އެ ދޮގުތައް ދިފާޢޫކުރެވޭތަން މިދަނީ ފެންނަމުންނެވެ. ވައްކަމާއި މަސްތުވުމާއި އެހެނިހެން ޙަރާމް ކަންކަން ކުރި ނަމަވެސް އެކުރަނީ ފާފައެއް ކަމަށްވެސް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ.

އަމިއްލަ ފަރުދުންނަށް ބަލައިފި ނަމަ އެމީހަކު ބައިވެރިޔާ ދެކެ ލޯބިން އުޅޭ ދުވަސްތަކުގައި އެމީހަކު ކިތަންމެ ނުބައި އަމަލުތަކެއް ކުރި ނަމަވެސް އެ ކުރަނީ ކުށެއް ކަމަށްވެސް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. ދަރިން ކުރާ ނުބައި އަމަލުތައް ފެންނަ ކަމަށް ނުހަދާ މައިންބަފައިންވެސް އުޅެއެވެ.

ޝައިޚް ފާހަގަކުރައްވާފައި އެވަނީ މިބާވަތުގެ ކޮންމެ ކަމަކީ ވެސް ކަނު ލޯބިވުން ކަމެވެ. ޙަޤީޤީ ލޯބިވާނަމަ އެމީހަކު އެފަދަ ކަންކަމުން ސަލާމަތްވާން މަސައްކަތްކުރާނެ ކަމެވެ.

މިއަދު އޮންލައިން