އަމިއްލަ ޙުކުމް ނެރޭހާ ދުވަހަކު ކުށް ކުރުން މަދެއް ނުކުރެވޭނެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަމިއްލަ ޙުކުމް ނެރޭހާ ދުވަހަކު ކުށް ކުރުން މަދެއް ނުކުރެވޭނެ!: ޝައިޚް ޢަލީ ޒައިދު

ކުށްކުރުން މަދުކުރެވޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދުތައް ޤާއިމް ކުރުމެވެ. ކުށްކުރުން މަދުކުރުމުގެ ނަމުގައި އަމިއްލަ އަށް ކިތަންމެ ގިނަ މަޝްވަރާ ބައްދަލުވުންތައް ބާއްވައި ގޮތްތައް ކަނޑައެޅި ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ.  ކުށްކުރުން މަދުކުރެވޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް އެގޮތަށް ތަންފީޒްކުރުމެވެ. ދުނިޔޭގައި މިހައިތަނަށް ކުރެވުނު ހުރިހާ ތަޖުރިބާތަކުންވެސް މިކަން ވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ. 

މުރުތައްދުވުމުގެ ޙުކުމްތަކާއި މީހުން މެރުމުގެ ޙުކުމްތަކާއި ވައްކަން ކުރުމުގެ ޙުކުމްތައް ފަދަ ޙުކުމްތައް ބާވައިލައްވަވާފައި އެވަނީ އެކަންކަމުގެ ނުރައްތައުތެރިކަމުގެ ސަބަބުން މީސްތަކުން، މުޅި އިންސާނިއްޔަތު ސަލާމަތް ކުރެއްވެވުމަށެވެ. 

ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާތު ފޯރަމްތައް ބާއްވައި އަމިއްލަ ގޮތްތައް ދަނީ ނިންމަމުންނެވެ. ނަމަވެސް ކުށްކުރުން މަދުވުމުގެ ބަދަލުގައި ކުށްކުރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ސަމާލުކަން ނުދެވޭތީއެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދުތައް ތަންފީޒް ނުކުރެވޭތީއެވެ. 

"ﷲ އާއި، އެކަލާނގެ ރަސޫލާ އާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަ ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބް ހުށްޓެވެ. (އަލްމާއިދާ: 33) 

"އެއުރެންގެ މައްޗަށް ތިއަބައިމީހުން ގަދަވެގަތުމުގެ ކުރިން، ތައުބާ ވި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ރަސްކަލާނގެކަން، ތިއަބައިމީހުން ދަންނާށެވެ!" (އަލްމާއިދދާ: 34)

 

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަލީ ޒައިދު މިއަދު ދެއްވި ދަރުސުން

 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން