ދަރިންގެ ޢިއްފަތް ހިލޭ ފިރިހެނަކަށް ދިނުމަކީވެސް ޢިއްފަތަށް އަރައިގަތުން - އެކަން ކުރުމަށްފަހު އެދެން އޮތީ ކޮން ސުވަރުގެއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދަރިންގެ ޢިއްފަތް ހިލޭ ފިރިހެނަކަށް ދިނުމަކީވެސް ޢިއްފަތަށް އަރައިގަތުން - އެކަން ކުރުމަށްފަހު އެދެން އޮތީ ކޮން ސުވަރުގެއެއް!: މުފްތީ މެންކް

ދަރިން ބަލައި ބޮޑުކުރުމަށްފަހު މައިން ބަފައިން ދަރިންގެ ޢިއްފަތް ނަގައިލުމުގެ ޝަކުވާއަކީ މިހާރަކަށް އައިސް އެންމެ ގިނައިން ކުރާ އެއް ޝަކުވާއެވެ. ބައްޕައިން އެމީހުންގެ ދަރިންގެ އިއްފަތަށް އަރައިގަންނައިރު މައިންމައިން ވެސް އެކަން ކުރެއެވެ. މައިން ބަފައިން އަމިއްލައަށް އެކަން ކުރާ އަދަދު މަދުވެދާނެއެވެ. ނަމަވެސް އަންހެން ދަރިފުޅާއި ހިލޭ ފިރިހެނުން ޖާމިނުކުރުވައިގެން ދަރިންގެ އިއްފަތް ނަގައިލާ މައިން މަދު ކަމަށް ބުނެވޭކަށް ނެތެވެ. އެއީވެސް ހަމަ ދަރިންގެ ޢިއްފަތް ނަގައިލުން ނޫން ހެއްޔެވެ؟ 

އަމިއްލަ ދަރިންގެ އިއްފަތްތެރިކަމަށް އަރައިގަތުމަށްފަހު އެދެން އޮތީ ކޮން ސުވަރުގެއެއް ހެއްޔެވެ؟ މިސުވާލު މިކުރަނީ އެކަމުގެ ފާފައިގެ ބޮޑުކަމުންނެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައަކަށްވާތީއެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ ކަމަކަށްވާތީއެވެ. 

ހަމައެއާއިއެކު އެފަދަ ނުބައިކަން ބޮޑު ހަދި މުޑުދާރު އަމަލުތައް ކުރުމަށްފަހު މައިން ބަފައިން މުސްކުޅިވުމުން ދަރިންގެ އަޅައިލުމާއި އެހީތެރިކަމަށްވެސް އެބަ އެދެއެވެ. އެކަމަށް އެބަ އިންތިޒާރުވެސް ކުރެއެވެ. އެހީތެރިކަން ނުލިބުމުން ޝަކުވާވެސް އެބަ ކުރެއެވެ. 

މައިން ބަފައިން ކޮންމެ ގޮތަކަށް ކަންތައްތައް ކޮށްފައިވީނަމަވެސް ދަރިންނަށް އޮތީ މައިން ބަފައިންނަށް އޯގާތެރިވުމެވެ. އެހީތެރިވުމެވެ. އެހެންކަމާއިއެކުވެސް ވިސްނައިލާށެވެ! ދަރިންނަކީވެސް އިންސާނުންނެވެ. އެމީހުންގެ ވެސް އޮންނަނީ ހަމަ ހިތެކެވެ. ވީމާ އަނިޔާވެރިވެފައިވާ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ބޭނުންވި ނަމަވެސް ހުރަސްތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. 

މިއަދު މިއުޅެނީ ހުރިހާ ކަންކަން ރަނގަޅަށް ކުރުމުން ވެސް ދަރިންގެ އެހީތެރިކަން ނުލިބިގެންނެވެ. ވީމާ މުޅި އުމުރުގައި ހަނދާން ނުނެތޭނެ ފަދަ އަނިޔާތައް ކުރުމަށްފަހު ދަރިންގެ ކިބައިން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް މަޤްޞަދު ޙާޞިލުވުން ވަރަށް ދުރުވާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މުސްކުޅިވުމުން ދަރިން ތިމާ އާއިއެކު ވަގުތު ހޭދަކުރަން އުންމީދުކުރާ ނަމަ ދަރިން ކުޑައިރު އެކުދިންނަށް ވަގުތުދޭށެވެ! އަޅައިލާށެވެ! މިއީ ހަމަ ތިލަފަތުގެ ދެކޮޅުގައި ކިރަން ޖެހޭނެ ކަމެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން