މީހަކު ދެކެ ލޯބިވާން ޖެހޭނީ އެމީހެއްގެ ކިބައިގައި ޒާތީ ކަންތައްތަކަކަށް ނޫނެވެ. ﷲ ތަޢާލާއަށްޓަކައެވެ. ހަމަ އެފަދައިން އެއްވެސް މީހަކު ދެކެ ރުޅި އައުމެއް ނެތެވެ. އެއްވެސް މީހެއްގެ ކިބައިގައި ހުރި ޒާތީ ކަންތައްތަކެއްގެ ސަބަބުން އެއްވެސް މީހަކު ދެކެ ރުޅި އައުމެއް ނެތެވެ.
މީހަކު ދެކެ ރުޅި އަންނަން ޖެހޭނީވެސް ﷲ ތަޢާލާއަށް ޓަކައެވެ. ރުޅިއަންނަން ޖެހޭނީ އެމީހަކު ކުރާ އިސްލާމް ދީނާއި ޚިލާފް ކަންކަމަށެވެ. މީހަކު ދެކެ ރުޅި އައި ނަމަވެސް އެ ނަފްރަތުގެ ސަބަބުން އެއްވެސް މީހަކާއި އެއްކޮށް ވަކިވެގެން ދާން ޖެހޭ ފަދަ ނަފްރަތަކަށް ވެގެން ނުވާނެއެވެ.
ނަފްރަތުކުރަންވީ އެމީހާ ކުރާ ނުބައި ޢަމަލަށެވެ. ދުލުން އެމީހަކަށް ދޭންޖެހޭނީ ނަޞޭޙަތެވެ. އެފަދަ މީހުންނަށް ދައްކަން ޖެހޭނީ ހެޔޮ މުޢާމަލާތެވެ. ހިނިތުންވުމާއިއެކު ހެޔޮ ނަޞޭޙަތް ދީގެން މެނުވީ މުޖުތަމަޢު ޢިޞްލާޙެއް ނުކުރެވޭނެއެވެ.
("އެންސީއޭ އަލްކައުން މަދަޙަ މުބާރާތް "ރަން އަޑު" 1440، އާއި އަލްކައުން އިންޓަރނޭޝަނަލް ޤްރުއާން މުބާރާތް 1440" މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ޝައިޚް އިބްރާހީމް ފަރީދު ދެއްކެވި ވާހަކަފުޅުން)