އިސްލާމީ ޝަރީޢާ ނުކިޔަވާ ތިބި މީހުން އެންމެ މަތީ ކޯޓަށް ލުން ހުއްދަކުރާ އެންމެ ފިޤްހް ވެރިއަކު ހުރި ނަމަ ދައްކަބަލަ!: ޝައިޚް ޢަލީ ޒައިދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިސްލާމީ ޝަރީޢާ ނުކިޔަވާ ތިބި މީހުން އެންމެ މަތީ ކޯޓަށް ލުން ހުއްދަކުރާ އެންމެ ފިޤްހް ވެރިއަކު ހުރި ނަމަ ދައްކަބަލަ!: ޝައިޚް ޢަލީ ޒައިދް

އިސްލާމީ ޝަރީޢާ ނުކިޔަވާ ތިބި މީހުން އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރުމާއިމެދު މުހިންމު 3 ސުވާލެއް ޝައިޚް ޢަލީ ޒައިދު ކުރިމަތި ކުރައްވައިފިއެވެ. ސިޔާސީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން އަދި ރައީސް މައުމޫން ހިމެނޭ ގޮތަށް އަމާޒުކުރައްވައި ޝައިޚް ޢަލީ ޒައިދު ކުރެއްވި 3 ސުވާލަކީ:

1 އެންމެ ފަހު ބަސް ބުނާ އެންމެ މަތީ ކޯޓަށް އިސްލާމީ ޝަރީޢާ ނުކިޔަވާހުރި މީހަކު ލެވިދާނެ ކަމަށް ފިޤްހްވެރި އެއްވެސް ބޭކަލަކު ވިދާޅުވެފައިވޭތޯ؟

2 އެންމެ މަތީ ކޯޓަށް ލާންޖެހޭނީ އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިބި ޢިލްމުވެރިކަމާއިމެދު އެއްވެސް ޚިލާފެއް އެބައޮތްތޯ؟

3 ޚިލާފެއް ނެތްނަމަ ރާއްޖޭގެ ސްޕްރީމްކޯޓަށް އިސްލާމީ ޝަރީޢާ ނުކިޔަވާ ތިބި މީހުން ލާން ދައްކަނީ ކޮން ހުއްޖަތެއްތޯ؟ އެކަން ކުރަނީ ކޮން ޙުއްޖަތަކުންތޯ؟ އެވެ.

މިއަދު އޮންލައިން