ފާއިތުވި 14 ޤަރުނު ވަންދެން މިދިއަ 1400 އަހަރުގައި ވަޑައިގެން އެތައް ލައްކަ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް 2 ނުވަތަ 3 ބޭފުޅެއްގެ ނާދިރު ރައުޔަށް މުގުރާލުމަކީ ޢަޖައިބުވާން ޖެހޭ ކަމެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
"ނޫސްތަކުގަ މިހާރު ލިޔަމުންދާތަން އެބަފެނޭ ބޭފުޅަކު ވިދާޅުވިކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވަނީ އަންހެނުންނަށް ޤާޟީކަން ކުރެވޭނެ ކަމަށް ކަމުގަ. ނަމަވެސް ދަންނަވަންތޯ؟ ވަކިވަކި ޝަޚުޞަށްވުރެ އަޅުގަނޑުމެން ލޯބިކުރަންވީ ޙައްޤަށް."
"މުންކަރާތެއް ފެށިފައި އޮތުމަކީ އެ މުންކަރާތެއް ދަމަހައްޓަން އޮތް ޙުއްޖަތެއް ނޫން. 14 ޤަރުނު ވަންދެން މިދިއަ 1400 އަހަރުގައި ވަޑައިގެން އެއޮތްހައި އެތައް އެތައް ލައްކަ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް 2 ނުވަތަ 3 ބޭފުޅެއްގެ ނާދިރު ރައުޔަށް މުގުރާލުމަކީ ޢަޖައިބުވާން ޖެހޭ ކަމެއް."
- ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު އިސްލާމީ ޢިލްމުން ޕީއެޗްޑީ ހާޞިލުކުރައްވައިގެން ތިއްބެވި ރާއްޖޭގެ ޢިލްމުވެރިންގެ ބަސްފުޅު އެ ވިދާޅުވާ ގިނަ ޢިލްމުވެރިންގެ ބަސްފުޅާއި ދިމާނުވާކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ އެ ފަދަ އެއްވެސް ޢިލްމުވެރިއަކު އަދި މިހައިތަނަށް ޖިނާޢީ މައްސަލަތައް ބަލަން އަންހެން ފަނޑިޔާރުން އިސްކުރަން ތާއީދުކުރެއްވިކަން އެނގިފައެއް ނުވެއެވެ.
ނަމަވެސް ފައުޅުގައި އިސްލާމް ދީނުގެ ޙުކުމްތަކަށް އިންކާރުކުރެއްވި ބައެއް އާދައިގެ ޢިލްމުވެރިން އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ފަތުވާތައް މީގެކުރިންވެސް ވަނީ ނެރުއްވައިފައެވެ.
Munkaraatheh feshifai othumakee e munkaraatheh dhamahattan oi hujjatheh noon. 14 garunu vandheh mi dhiya 1400 aharugai vadaigeh eoh haa ethah ethah lakka bodethi ilmuveringe basfulhuthah, 2 nuvatha 3 beyfulhehge naadhir rauyah muguraalumakee ajaaib vaan jehey kamah.
— Ali Zaid (@alizaid1000) August 23, 2019