"މިތުރުންނާއި ހަތުރުން، ޢަދާވާތްތެރިންނާއި އެކުވެރިން، މިއީ މިއަދު އަޅުގަނޑުމެން ފިސާރި ރަނގަޅަށް ފަރަޤު ކުރަން ޖެހޭ ބައެކެވެ. މިކަންކަމަށް ރިޢާޔަތް ނުކުރެވި، ނިންމޭ ނިންމުމެއްގެ ހިތި ޒަމާންތަކަކަށް ދެމިގެން ދިއުމަކީ ނުވެ ނުދާނޭ ކަމެކެވެ"
ޝައިޚް ޝަފީޢު ޢަބްދުﷲ.
" އަދި ޔަހޫދީންވެސް ނަޞާރާ އިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވެވަޑައިގެންފުމަށް ދާންދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމްގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، ﷲ ގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިއަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވާނެތެވެ." (ބަޤަރާ: 120)
ވިދިގެން އޮތް އާޔަތުގައި ބަޔާން ކުރައްވަވާފައިވަނީ ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވާފައިވާ މިފަދަ އެންގެވުންތަކަށް އަމަލު ނުކުރާ މީހުންނަށް ކުރިމަތިވާނެ ނިކަމެތި ކަމެވެ.
" ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ ޙައްޤު ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް އީމާން ވެތެވެ. އަދި އެފޮތަށް ކާފިރު ވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ." (ބަޤަރާ: 121)