ދެމަފިރިން ﷲ އަށްޓަކައި ލޯބިވުމަކީ ޤިޔާމްތް ދުވަހު ޢަރުޝީގެ ޙިޔާވަހިކަން ލިބުމުގެ ފުރުޞަތު އޮތް ކަމެއް!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދެމަފިރިން ﷲ އަށްޓަކައި ލޯބިވުމަކީ ޤިޔާމްތް ދުވަހު ޢަރުޝީގެ ޙިޔާވަހިކަން ލިބުމުގެ ފުރުޞަތު އޮތް ކަމެއް!: ޝައިޚް ޢަލީ ޒައިދު

ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ 7 މީހުންގެ ތެރޭގައި ހަމައެކަނި ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުން ހިމެނެއެވެ. 

ވީމާ ދެމަފިރިންވެސް ﷲ ތަޢާލާއަށްޓަކައި ލޯބިވެ، ލޯބިން އެކުގައި ހަޔާތް ހޭދަކުރުމަކީ މި މަތިވެރި ނިޢްމަތް ލިބުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. ވީމާ ކޮންމެ ދެމަފިރިއަކުވެސް އެކަމަށް މަސައްކަތްކުރުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ.

- ޝައިޚް ޢަލީ ޒައިދު 

ބައެއް ޢިލްމްވެރިން ބަޔާން ކުރައްވާ ގޮތުގައި ﷲ ތައާލާއަށާއި ރަސޫލް (ޞޢވ)އަށް ލޯބިކުރުން ފިޔަވައި އެންމެ މަތިވެރި ލޯތްބަކީ ދެމަފިރިންގެ ލޯތްބެވެ. އެހެނީ ދަރިންނަށާއި މައިންބަފައިންނަށް ދޭންޖެހޭ ލޯބި ވެސް ފުރިހަމަ ގޮތުގައި ދެވޭނީ ދެމަފިރިންގެ މެދުގައި ފުރިހަމައަށް ލޯބިދެވިގެން ކަމަށްވާތީއެވެ. އަދި ފުރިހަމަ ގޮތުގައި އަޅުކަން ކުރެވޭނީވެސް ދެމަފިރިންގެ ލޯބި ގަދަވެ އެކަކު އަނެކަކަށް އެހީތެރިވެގެން ކަމުގައިވާތީއެވެ. މައްސަލަތައް ހުރި ނަމަވެސް ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިން ދިރިއުޅުމަކީ ޖިހާދެއް ކަމަށްވެސް ބައެއް އިލްމުވެރިން ސިފަކުރައްވައެވެ.

 

މިއަދު އޮންލައިން