އޮންލައިންކޮށް ލައިސެންސްއާ ގުޅޭ ޚިދުމަތްތައް ދޭން ނިންމާފައިވާކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީ ގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސާ ގުޅޭ ހިދުމަތްތައް ދޭނީ އޮންލައިންކޮށް ކަމަށެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ލައިސެންސާ ގުޅުން ހުރި ހުރިހާ ހިދުމަތެއް އޮންލައިން ކުރާނެކަމަށާއި އަދި ޕޯޓް ޑިއުސް އަދި ލެޓް ޑިއުސްގެ ހިދުމަތްތައްވެސް އޮންލައިން ކުރެވިގެންދާނެ ކަމަށެވެ.
މީގެއިތުން ޓްރާންސްޕޯޓް އޮތޯރިޓީއިން ނަންބަރު ދޫކުރާ ގަޑިތަކަށްވެސް ބަދަލުގެނެސް ކޮންމެ ދުވަހަކުވެސް 8:00 އިން 11:00 އަށް ނަންބަރު ދޫކުރެ އެވެ.