މިފްކޯ ފަދަ ސަރުކާރަށް ގެއްލުންވާ ކުންފުނިތައް އުވާލަން މެންބަރު ޝިޔާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މިފްކޯ ފަދަ ސަރުކާރަށް ގެއްލުންވާ ކުންފުނިތައް އުވާލަން މެންބަރު ޝިޔާމް ގޮވާލައްވައިފި

މިފްކޯ އާއި އަދި އެނޫންވެސް ސަރުކާރަށް ގެއްލުންވާ ކުންފުނިތައް އުވާލަން މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ. 

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް މިއަދު ވިދާޅުވީ މިފްކޯ އުފެއްދިތާ 25 އަހަރުވާން ކައިރިވެފައިވާއިރުވެސް އެންމެ އަހަރަކުވެސް ސަރުކާރަށް އެއްވެސް ފައިދާއެއް ދައްކާފައި ނުވާ ކަމަށެވެ. ކޮންމެ އަހަރަކުވެސް ވަމުން ދަނީ ގެއްލުން ކަމަށާއި ގެއްލުންވާ ބައި ފޫބައްދަން ޖެހެނީ ޓެކްސް ޕޭޔަރުން ދައުލަތަށް ދައްކާ ފައިސާއިން ކަމަށެވެ. އެ ފައިސާ ޓެކްސް ޕޭޔަރުން ދައްކަނީ ކުންފުނި ތަކުގެ ގެއްލުން ފޫބައްދަން ނޫން ކަމަށާއި ރައްޔިތުންނަށް ބޭނުން ވެގެން ތިބި ކަންކަން ކޮށްދިނުމަށް ކަމަށެވެ. 

ޝިޔާމް ވިދާޅުވީ ކުންފުނިތައް އުފައްދައިގެން ސަރުކާރުން ކުރާ ކަމަކީ ކުންފުނިތަކުން ވައްކަން ކުރުމާ ކޮރަޕްޝަން ހިންގުނަ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް ބަދަލުވުމުން ކުރީ ސަރުކާރުގެ މައްސލަތަކުގެ ވާހަކަތައް ދައްކާނެ ކަމަށާއި ނަމަވެސް އަޅާ އެއްވެސް ފިޔަވަޅެއް މިހައިތަނަށްވެސް ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވަނީ މަސްވެރިން ބާނާ މަސް ކިލޯއަކަށް 50 ރުފިޔާ ދިނުމަށްވެސް ގޮވާލައްވައިފައެވެ.

މިއަދު އޮންލައިން