އެމްއެސް އިންސްޓިޓިޔުޓުން އިސްލާމީ މަރުކަޒުގަ އަންހެނުންނަށް ޚާއްޞަކޮށްގެން 2 ފާޚާނާ އާ އިސްކުރުބަރިއެއް ހަދައިދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އެމްއެސް އިންސްޓިޓިޔުޓުން އިސްލާމީ މަރުކަޒުގަ އަންހެނުންނަށް ޚާއްޞަކޮށްގެން 2 ފާޚާނާ އާ އިސްކުރުބަރިއެއް ހަދައިދެނީ!

އަންނަ ރަމަޟާން މަހު އިސްލާމީ މަރުކަޒަށް ދާ އަންހެނުންނަށް ފަސޭހަކޮށްދިނުމަށްޓަކައި އެމްއެސް އިންސްޓިޓިޔުޓުން އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ޚާއްޞަކޮށްގެން 2 ފާޚާނާ އާއި ވުޟޫ ކުރާ ބައެއް ހަދައިދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިބައިގައި ވުޟޫކުރުމަށް 8 އިސްކުރުގެ އިސްކުރުބަރިއެއް ބަހައްޓައިދޭނެއެވެ. އަދި މި މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގެ އެކިއެކި ކަންކަމަށް އެހީތެރިވުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައި ކަމަށެވެ. 

އެމްއެސް އިންސްޓިޓިޔުޓަކީ މާލެ ޢާއި ރާއްޖެތެރޭގައި ފުޅައު ދާއިރާއެއްގައި ހިލޭ ސާބަހަށް ކީރިތި ޤްރްއާން ކިޔަވައިދެމުން އަންނަ މުއައްސަސާއެކެވެ.

މިއަދު އޮންލައިން