ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ދެމިހުންނާނަން: އަބްދުﷲ ރިޔާޒް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ދެމިހުންނާނަން: އަބްދުﷲ ރިޔާޒް

މިސަރުކާރުން ދިވެހިރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަށް އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ދެމި ހުންނާނެކަމަށް ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. 

އަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުﷲ ރިޔާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް، ދިވެހިރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާދިނުމުގައި އެމަނިކުފާނުގެ އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި އަދި އެހީތެރިއެއްގެ ގޮތުގައި ދެމި ހުންނާނެކަމަށެވެ.

މީގެއިތުރުން ރިޔާޒް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އުންމީދީ ބަދަލެއްކަމަށާ އުފާވެރި ދިރިއުޅުމެއްކަމަށެވެ. އަދި ރައްޔިތުން އެދެނީ ލިބޭ އާމްދަނީ އިތުރުވާނެ ފުރުސަތުތަކެއްކަމަށެވެ.

މިއަދު އޮންލައިން