އޭޕްރިލް މަހުން ފެށިގެން ވިސާއާއި ނުލާ ތައިލޭންޑަށް ދަރުރުކުރެވޭ ގޮތް ހަމަޖެހިއްޖެ!

ކިޔުމަށް ހޭދަވާނީ 47ސ
އޭޕްރިލް މަހުން ފެށިގެން ވިސާއާއި ނުލާ ތައިލޭންޑަށް ދަރުރުކުރެވޭ ގޮތް ހަމަޖެހިއްޖެ!

މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން، ވިސާއާއި ނުލާ ތައިލޭންޑަށް ދަތުރުކުރެވޭ ގޮތް ދިވެހީންނަށް ހަމަޖެހިއްޖެއެވެ.

 

ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސަވައިފިކަން މިނިސްޓްރީ އޮފް ފޮރެން އެފެއާޒުން މިއަދު ވަނީ ހާމަކޮށްފައެވެ.

 

ފޮރެން މިނިސްޓްރީން ބުނިގޮތުގައި، ވިސާއާއި ނުލައި ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑްގައި ދިވެހިންނަށް ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ.

 

ދިވެހި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މިއަދު އޮންލައިން