ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަ ކުރާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަ ކުރާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލުން އިންތިޒާމްކޮށްގެން ބޭއްވެވި ހަރަކާތްތަކުގެ ތެރެއިން ތާޖް ރަންގެ ނަމުގައި ބޭއްވެވި ދުވުމުގެ ހަރަކާތުގައާއި ތާޖް އެނިވަރސަރީގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ތާޖް ރަން ދުވުމުގެ ހަރަކާތް ފަށާފައި ވަނީ ސޯޝަލް ސެންޓަރ ޞަރަހައްދުންނެވެ. އަދި އެނިވަރސަރީގެ ޚާއްޞަ ރަސްމިއްޔާތު އޮތީ ހެންވޭރު ދަނޑުގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން އެކި ދުވަސްވަރު ތާޖުއްދީން ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނާއި އެ ސްކޫލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.


ތާޖް އެނިވަރސަރީ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވެވި މި ޚާއްޞަ ރަސްމިއްޔާތުގައި ތާޖުއްދީން ސްކޫލްގައި 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެ މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވުންވެސް އޮތެވެ. އެފަރާތް ތަކަށް ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.



މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތާޖުއްދީން ސްކޫލްގެ އެނިވަރސަރީ މެގަޒިން އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެ ސްކޫލާއި ގުޅޭގޮތުން ޚާއްޞަ ކުއިޒެއް ވެސް މި ރަސްމިއްޔާތުގައި ވަނީ ބާއްވަވާފައެވެ.

މިއަދު އޮންލައިން