އދ. މާމިގިލި، ރ. މަޑުއްވަރި އަދި ރ. މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް އަދި ބީއޯކިޔު ހަދައިދޭނޭ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ތިންރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު އެއް ވަނަ ދުވަހު ހެނދުނު 11:00 އަށް އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، އަންނަ މަހު އަށްވަނަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.