ކެންސަރަށް ފަރުވާ ދޭން ބޭނުން ކުރާ އާ ވެކްސިން ރާއްޖޭގައި ދޭން މިއަދު ފަށައިފިއެވެ.
މިކަމަށްޓަކައި ތާޖުއްދީން ސްކޫލްފައި ބޭއްވި ރަސްމިއްޔާތުގައި ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ދިނުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ، ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޗްޕީވީ ވެކްސިން ރާއްޖެއަށް މި ވެކްސިން ތައާރަފު ކުރެވިފައިވާއިރު ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކެންސަރުން ސަލާމަތްވެފައިވާ ބަޔަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ދޭން ނިންމާފައިވަނީ އުމުރުން 10-14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.
މި ވެކްސިން ރާއްޖެއަށް ތައާރަފުކޮށް މިއަދު ވަނީ ތިން ކުއްޖަކަށް ވެކްސިން ޖަހާފަ އެވެ. މި ކެމްޕެއިންގައި ޖަހާނީ ސާވަރިކްސް ބްރޭންޑުގެ ވެކްސިނެވެ. ފުރަތަމަ ޑޯޒު ޖެހުމަށްފަހު ދެ ވަނަ ޑޯޒު ޖަހާނީ ހަ މަސް ފަހުންނެވެ.