ދިވެހިން ތައިލޭންޑަށް ވިސާއާ ނުލައި ދެވޭނެގޮތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ތައިލޭންޑުގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވައިފިއެވެ.
އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގެ ތެރެއިން ތައިލެންޑުގެ ޑިޕްލޮމެޓުންނާ އެކު ވިސާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް މިނިސްޓަރ ޝާހިދު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަހަރުން ފެށިގެން ވިސާއާއި ނުލާ`ދަތުރުކުރެވޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.