ޓެރަރިސްޓް ޙަމަލާ އާ ގުޅިގެން މުސްލިމުންނަށް ބޮޑު ވަޒީރު ދެއްކެވި އޯގާތެރިކަމަށް ތަޢްރީފް ޙައްޤު: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޓެރަރިސްޓް ޙަމަލާ އާ ގުޅިގެން މުސްލިމުންނަށް ބޮޑު ވަޒީރު ދެއްކެވި އޯގާތެރިކަމަށް ތަޢްރީފް ޙައްޤު: ޝައިޚް ޢަލީ ޒައިދު

މިދިއަ ހުކުރު ދުވަހު ނިޔުޒިލަންޑުގެ 2 މިސްކިތުގައި ދިން ޓެރަރިސްޓް ޙަމަލާ އާއި ގުޅިގެން މުސްލިމުންނަށް އެޤައުމުގެ ބޮޑު ވަޒީރު ޖަސިންޑާ ދެއްކެވި އޯގާތެރިކަމަށް ތަޢްރީފް ޙައްޤު ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ: "ހުކުރު ދުވަހު ނިޔުޒީލަންޑުގެ ދެ މިސްކިތުގައި ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންޑާ، މުސްލިމުންނަށް ދެއްކެވި އޯގާތެރިކަމަށް ތަޢްރީފް ޙައްޤު! އަދި އެ ޤައުމުގެ ގިނަ ރައްޔިތުން މުސްލިމުންނާއި އެއްކޮޅަށް ތެދުވީތީ ވެސް އިފާކުރަން. ދުޢާ އަކީ މާތް ﷲ އެމީހުންނަށް ވެސް ހިދާޔަތު ދައްކަވައި އިސްލާމް ކަމުގެ ނިޢްމަތް ދެއްވެވުން! އާމީން."

ދުނިޔޭގެ ވަރަށް ގިނަ ދިނީ ޢިލްމުވެރިންނާއި ޖަމާއަތްތަކުން ގެންދަނީ ބޮޑުވަޒީރު ދެއްކެވި އޯގާތެރިކަމަށް ތަޢްރީފްކުރަމުންނެވެ.

މިހަމަލާ އާއި ގުޅިގެން މިއަދުނޫހުގައި ޝާއިއުކުރި ބައެއް ލިޔުންތަކަށް ކޮމެންޓު ކުރެއްވި ގިނަ އަދަދެއްގެ ކިޔުންތެރިންވެސް ވަނީ ބޮޑުވަޒީރަށް ތައުރީފްކުރައްވައިފައެވެ. ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މިފަދަ ހަމަލާތަކާއި ގުޅިގެން މުސްލިމް ލީޑަރުންގެ ކިބައިންވެސް މިފަދަ އޯގާތެރިކަމެއް ނުފެންނަ ކަމަށެވެ.

މިއަދު އޮންލައިން