ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ ކެންޑިޑޭޓަކީ އަޅުގަނޑު: އަބްދުﷲ ރިޔާޒު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ ކެންޑިޑޭޓަކީ އަޅުގަނޑު: އަބްދުﷲ ރިޔާޒު

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތ.ތިމަރަފުށީ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ ކެންޑިޑޭޓަކީ އޭނާ ކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ ރޭ ޕީއެސްއެމް އިން ގެނެސްދިން ތިމަރަފުށީ ދާއިރާގެ ބަހުސްގައި ވާހަކަދައްކަވަމުން ނެވެ.

ރިޔާޒު ވިދާޅީ ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ ކެންޑިޑޭޓަކީ އޭނާ ކަމަށާއި އެމަނިކުފާނުގެ ނައިބު ރައީސް ފޮނުއްވާ ތާއީދު ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުން އޭނާއާއި އެކު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އެ އިތުބާރު އެތުމުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅީ ވެއިތުވެދިޔަ ފަސް އަހަރު ދުވަހު "އޮޅިގެން ބަޓަނަކަށް" ފިތިފައި ނޯންނާނެ ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ އޭނާއަކީ ރައްޔިތުން އިންތިޚާބުކުރި ގޮތާ ހިލާފަށް ގޮނޑި ދޫކޮށްލައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މިނިވަންކަން ހަނިކުރުމަށާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކަން "ވޯޓު ވިއްކައި" ހަދާފައި ވެސް ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރިޔާޒް ވަނީ ޖަލުގައި ހޭދަކުރައްވައިފަ އެވެ. އޭނާ ޖަލަށް ލީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނު ހުޅުވައިނުދެއްވި މައްސަލައިގަ އެވެ.

 

މިއަދު އޮންލައިން