އުމްރާގެ މަތިވެރި އަޅުކަމުގައި އުޅުއްވަނިކޮށް މެމްބަރު އިބްރާހިމް ނަސީރުގެ މަންމާފުޅު ނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 38ސ
އުމްރާގެ މަތިވެރި އަޅުކަމުގައި އުޅުއްވަނިކޮށް މެމްބަރު އިބްރާހިމް ނަސީރުގެ މަންމާފުޅު ނިޔާވެއްޖެ!

އުމްރާގެ މަތިވެރި އަޅުކަމުގައި އުޅުއްވަނިކޮށް މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ މަންމާފުޅު ނިޔާވެއްޖެއެވެ. 

މ. މުލަކު ގޮމަށިމާގެ، މަރިޔަމް ޙުސެއިން މަނިކު (62އ.) ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ނަސީރު ވިދާޅުވީ، އޭނާގެ މަންމާފުޅު ނިޔާވީ އަޅުކަމުގެ ތެރޭގައި އުޅުއްވަނިކޮށް ނޭވާ ހާސްވާތީ، ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. 

މިގެއިތުރުން މުލަކު ދާއިރާގެ މެމްބަރު ވިދާޅުވީ އޭނާގެ މަންމާފުޅަކީ ނޭވާއަށް އުނދަގޫވާތީ އުޅުއްވާ މީހެއް ކަމަށެވެ. 

މަރިޔަމް ޙުސެއިން މަނިކު ގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަޖަމައްސާފައިވަނީ މާދާމާގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިއަދު އޮންލައިން