އިންޑިއާ އިން ވައުދުވި ކަންތައްތައް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ: ފޮރިން މިނިސްޓަރު ޝާހިދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އިންޑިއާ އިން ވައުދުވި ކަންތައްތައް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ: ފޮރިން މިނިސްޓަރު ޝާހިދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުން ވައުދުވި ކަންތައްތައް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ޔަގީނުން ވެސް ވަރަށް ޚާއްސަ ކަމަށާއި ސުޝްމާ ސުވަރާޖާއި މިއަދު ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކަކާ މެދު މަޝްވަރާ ކުރެއްވިކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަސްމީ ދަތުރުފުޅުގައި ވައުދުވި ކަންތައްތައް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ އާއި މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރައްވާ ދަތުރުގައި ވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ބޭފުޅުންގެ ވިސާގެ ކަންތައްތައް މިހާރަށް ވުރެ ފަސޭހަ ކުރުމާއި ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެވެ.

 

މިއަދު އޮންލައިން