ޚިޔާލު ތަފާތު މީހުންނާ އެކީ މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ އެބަހުރި: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ޚިޔާލު ތަފާތު މީހުންނާ އެކީ މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ އެބަހުރި: ރައީސް

ހިޔާލު ތަފާތު މީހުންނާ އެކީ މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ މަހު ބާއްވާ އާންމު އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ އަހުމަދު ހާރޫންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ހިޔާލު ތަފާތު މީހުންނާ އެކީ މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ އެބަހުރި ކަމަށާއި ކުރައްވާ މަސައްކަތްޕުޅުން އެއްވެސް ޕާޓީ އަކަށް އަދި ބޭފުޅަކަށް ވެސް ދެރަގޮތެއް ނުވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގިނަ ބަޔަކާ ގުޅިވަޑައިގެން، ގިނަ ވައުދުތަކަކާ އެކު ކަމަށާއި އަދި އެ ކަންތައް ފުއްދުމަށްޓަކައި އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ރައްޔިތުންގެ މަޖިލިހަށް ހޮވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން