ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ ބައެއް ރައްޔިތުން އިހުތިޖާޖު ކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ ބައެއް ރައްޔިތުން އިހުތިޖާޖު ކޮށްފި

ފޮޓޯ: ކުޅުދުއްފުށި އޮންލައިން


 

ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ، އެރަށުގެ ބައެއް ރައްޔިތުން ނިކުމެ އިއްޔެ އިހުތިޖާޖު ކޮށްފިއެވެ.

 

މިއިހުތިޖާޖާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފް ޙަސަން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގައި ޓާރމިނަލެއް އެޅުމުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވެފައިވާތީ، އެކަމާއި އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރި ކަމަށެވެ.

 

"ޓަރމިނަލް މަސައްކަތް ނުނިމި އޮތީ. ކައުންސިލުން ވެސް ވަނީ މިމަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކޮށްފަ. ޖެނުއަރީ މަހު ރައީސް އަށް ވެސް ވާނީ މިޝަކުވާ ހުށަހަޅާފަ" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

 

މީގެއިތުރުން އަބްދުއްލަތީފް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވަނީ ކޮންޓްރެކްޓާރ އާއި ރީޖަނަލް އެއާޕޯޓާއި ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެެހެން ނަމަވެސް މިމައްސަލަ އަވަސް ގޮތަކަށް ޙައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ވެސް ރީޖަނަލް އެއާޕޯޓުން ބުނެފައިވާ ކަމަށެވެ.

މިއަދު އޮންލައިން