ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ރައީސް މިހައްމަދު ނަޝީދު ނިންމެވިކަން ޝައިޚް ޢަލީ ޒައިދު ހާމަކުރައްވައިފައެވެ. އެގޮތުން ޝައިޚް ޢަލީ ޒައިދު ހާމަކުރައްވާފައިވަނީ 12 ނޮވެމްބަރު 2009 ގައި ހަވީރު ނޫހުގައި ޝާއިއުކުރި ލިޔުމެކެވެ.
ޝައިޚް ޢަލީ ޒައިދު މިފަދަ ކަމެއް ބަޔާން ކުރެއްވީ ބަނގުރަލުގެ ވިޔަފާރިން ލިބޭ ނަފާ ބަޔާން ކުރައްވައި ރައީސް ނަޝީދު ތޮއްޑޫގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރެއްވުމުން ޢިލްމުވެރިންނަށް ރައީސް ނަޝީދު ރައްދު ދެއްވާފައިވާތީއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށް ދެބުރިކޮށް އެއްބުރިއަކީ ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދެއް ކަމަށް ކަނޑައަޅައި އަދި އެބައަކީ އެ ރަށުގެ ބައެއް ނޫން ކަމަށްވެސް ކަނޑައަޅައި ރިޒޯޓްތަކަށް ދޫކުރާ ހުއްދަތައް އެބައިގައި ހިންގާ ހޮޓާ ދިނުމުގެ ސިޔާސަތަށް ވެސް އަމަލުކުރަން ފަށައިފައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި މިކަންކަން ނިންމެވީ އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީ އަދި އެހެން ޕާޓީތަކުންނާއި ރައްޔިތުންގެ ގިނަ ބައަކު އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުން ގެންދަނިކޮށެވެ. އެހެންކަމުން މިކަމުގައި ރައީސް އެގެންދަވަނީ ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި ރައްޔިތުންނަށް އޮޅުވައިލައްވަމުންކަން ފާހަގަކުރެވެއެވެ.
12 Nov 2009 ge article eh! Pls read! I found it v interesting... pic.twitter.com/yWWvLW8OFw
— Ali Zaid (@alizaid1000) March 15, 2019