ސައުދިޢަރަބިއްޔާއިން ރާއްޖޭގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީ ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސަޢުދީ އަރަބިިއްޔާއާއި އެކު ރާއްޖެއިން އޮތީ ވަރަށް ގާތް ގުޅުމެއްކަމަށާއި، ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީދިނުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރައްވާނެކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި ފަންސާސް މިލިއަން ޑޮލަރު ދިނުމަށް ޔޫއޭއީއާއެކުވެސް އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.