ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ޞާލިޙު ވ. އަތޮޅަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 58ސ
ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ޞާލިޙު ވ. އަތޮޅަށް ވަޑައިގެންފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވ. އަތޮޅަށް ވަޑައިގެންފިއެވެ.

 

ރައީސް ޞާލިޙުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ވ. ކެޔޮދޫ އަށެވެ. އޭގެ އިތުރުން މިއަދުގެ މެންދުރު ފަހު ވ. ފެލިދޫ އަށްވެސް ރައީސް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މި ދަތުރުފުޅުގައި ވ. އަތޮޅުގައި ހުންނަ ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާވެސް ރައީސް ޞާލިޙު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެމަނިކުފާނު އަރިހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

 

މީގެއިތުރުން ކުރިއަށް އޮތް ހަފްތާ ބަންދުގައި ރައީސް ސޯލިހު ނ. އަތޮޅަށާއި ޅ. އަތޮޅަށްވެސް ވަޑައިގަންނަވާނެއެވެ. އެ ދެއަތޮޅަށްވެސް ކުރައްވަނީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

 

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރައީސް ވަޑައިގަންނަވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ހުރިހަ ހަރަދެއް ކުރާނީ އެމްޑީޕީ އިން ކަމަށެވެ.

މިއަދު އޮންލައިން