"ތިމަންނަގެ ޕާޓީ"އަށް ވީތީ، އެޕާޓީގެ ލީޑަރަށް ކަނު ތަޤްލީދެއް ނުކުރެ! - ރައްބީއެއް، ރަސޫލެއް، ދީނެއް ނެތް ފަދައިން ދައްކާ ވާހަކަތަކަށް ތާޢީދު ނުކުރޭ!: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
"ތިމަންނަގެ ޕާޓީ"އަށް ވީތީ، އެޕާޓީގެ ލީޑަރަށް ކަނު ތަޤްލީދެއް ނުކުރެ! - ރައްބީއެއް، ރަސޫލެއް، ދީނެއް ނެތް ފަދައިން ދައްކާ ވާހަކަތަކަށް ތާޢީދު ނުކުރޭ!: ޝައިޚް ޝަފީޢު

ރައްބިއެއް، ރަސޫލެއް، ދީނެއް ނެތް ފަދައިން ދައްކާ ވާހަކަތަކަށް ތާޢީދު ނުކުރުމަށާއި އެންމެ އިސްވާން ޖެހޭނީ ދީން ކަމަށް ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

"ތިމަންނަގެ ޕާޓީ"އަށް ވީތީ، އެޕާޓީގެ ލީޑަރަށް ކަނު ތަޤްލީދެއް ނުކުރުމަށްވެސް ޝައިޚް ޝަފީޢު ވަނީ ގޮވާލައްވައިފައެވެ. 

ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން މިފަދަ މޭރުންތަކުން މިއަދު ކަންބޮޑުވުން ފައުޅު ކުރައްވާފައިވަނީ ސެންޓާއި ޗޮކްލެޓް ފަދަ މުސްލިމުންނަށް ހަލާލު ތަކެތީގެ ތެރޭގައި މުސްލިމުންނަށް ޙަރާމް ބަނގުރާ ހިމަނައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމަކީ އެކަމުން ލިބޭ ފައިދާ ވަރަށް ބޮޑުވާނެ ކަމެއްކަން ބަޔާން ކުރައްވައި ރައީސް މުޙައްމަދު ނަޝީދު ރެ ތޮއްޑޫގައި ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ޝައިޚް ޢަބްދުﷲ ބިން ޖަނާބް ވިދާޅުވެފައިވަނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އެއްޗެތީގެ ލިސްޓުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްޗެއް ހިމަނައިގެން ޖުމުލަ ގޮތެއގައި ހުރިހާ އެއްޗަކަށް ސަނާ ކިޔައި ހެދުމަކީ ބަނގުރަލުގެ ހަރާމްކަން ފަނޑުކޮށް ހުރުމަތުގެ ހައިބަތު ދުއްވާލުމުގެ ޙީލަތްތެރި އަމަލެއް ކަމަށެވެ. އަދި މުޖުތަމައުގެ ފަސާދައަށް ހިތްވަރު ދިނުމަކީ ފައުޅުކަން ބޮޑު ޖަރީމާއެއް ކަމަށެވެ. 

ދީނީ ޢިލްމުވެރިން މިހައި ބޮޑަށް ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ކަންބޮޑުވުން ފައުޅުކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގައި ހުންންވައިގެން 2011 ވަނަ އަހަރު ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް މާލެ ވެސް ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަކޮށް ސަރުކާރުން ޤަވާއިދު ހަދައި އިއުލާނު ކޮށްފައިވާތީކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން