ހަމައެކަނި ބޯ ނިވައިކުރުމުން ބުރުގާއަކަށް ވާނަމަ ތެއްޔެއް ބޮލުގައި އެޅުމުން ހެލްމެޓަކަށްވެސް ފުދޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
"މިއަދު މީހަކު ޕޯސްޓެއްގައި ބުނެފައި އެބައޮތް، ހަމަ އެކަނި ބޯ ނިވައިކޮށްލައިގެން އެއީ ބުރުގާއޭ ކިޔާނަމަ ތެއްޔެއް ބޮލުގަ އެޅީމާ އެއީ ހެލްމެޓަކަށް ނުވާނީ ކީއްވެތޯއޭ؟ އެ މެސެޖު ރަނގަޅު." ޝައިޚް ޢަލީ ޒައިދު
ޝައިޚް ވަނީ ބުރުގާ އެޅުމުގެ މަޤްޞަދު ޙާޞިލުވާނެ ގޮތަށް ބުރުގާ އެޅުމަށް ނަޞޭޙަތެރިވެވަޑައިގެންފައެވެ. ޝައިޚް ބަޔާން ކުރައްވާފައިވަނީ ބުރުގާ އެޅުމުގެ ބޭނުމަކީ ހަމައެކަނި އިސްކަށިގަނޑާއި ކަރުވަޅު ނިވާކުރުން ނޫން ކަމަށާއި ފޮރުވަން ޖެހޭ ވަނާތައް ނުފޮރުވޭނަމަ ބުރުގާ އެޅުމުގެ މަޤްޞަދު ޙާޞިލު ނުކުރެވޭނެ ކަމަށެވެ.
ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އަންހެނުން ހެދުން ލާން ޖެހޭނީ ގައަށް ދޫކޮށް، ހަށިގަނޑުގެ ވަނާތައް ފައުޅު ނުވާނެ ގޮތަކަށެވެ. އަދި ފިރިހެނުން ވެސް ހަމަ އެ އުޞޫލުން ފޭރާންލައި އުޅުމަށްވެސް ނަޞޭޙަތްތެރިވެ ލައްވައެވެ.