ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކުޑަކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އީޔޫގެ ގައުމުތަކުން ވަނީ ބުނެފަ: ޚާރިޖީ ވަޒީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކުޑަކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އީޔޫގެ ގައުމުތަކުން ވަނީ ބުނެފަ: ޚާރިޖީ ވަޒީރު

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 24 ޕަސެންޓްގެ ޑިއުޓީ ކުޑަކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވަނީ ބުނެފައިވާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ހަތަރު ވަނަ އީޔޫ-މޯލްޑިވްސް ޕޮލިސީ ޑަޔަލޮގްގައި މަޝްވަރާކުރި ކަންތައްތަކާ ބެހޭ ގޮތުން ޝާހިދު އާއްމު ކުރެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ މަސް ޔޫރަޕިއަން މާޓަށް ވިއްކުމުގައި ދިމާވެފައި އޮތް އެއް ދަތި، 24 ޕަސެންޓްގެ ޑިއުޓީ ކުޑަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށާޢި އެކަމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ.

ރާއްޖެއިން ޔޫރަޕުގެ މާކެޓަށް ވިއްކާ މަހުން ޑިއުޓީ ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް 2011 ގައި ގްރެޖުއޭޓްވުމުންނެވެ.  

މީގެ އިތުރުން ޝާހިދު ވިދާޅުވީ އިންވެސްޓްމަންޓް ޑަޔަލޮގްގެ ސަބަބުން ވެސް މި ރާއްޖެ އަށް އިތުރު އިންވެސްޓްމަންޓްތައް ޔޫރަޕުން ގެނެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިއަދު އޮންލައިން