"އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
"އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

"އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 11/2008، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ފާސްކުރައްވާފައިވަނީ 4 މާރިޗު 2019 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް މިފަހަރު ގެނަސްފައިވާ އިސްލާހަކީ އެޤާނޫނުގެ 56 ވަނަ މާއްދާގެ 4 ވަނަ ނަމްބަރުގެ ފަހަތަށް 5 އިތުރުކޮށް ނަންބަރު ތަރުތީބު ކުރުމެވެ. "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" ގެ 56 ވަނަ މާއްދާއަށް އިތުރު ކުރެވުނު 5 ވަނަ ނަންބަރުގައި ބުނެފައިވަނީ، "މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު" ބާތިލުވާނެ ކަމުގައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މިއަދު އޮންލައިން