ކާނަލް ނާޒިމާމެދު އެމްޑީޕީން ތުހުމަތުތަކެއްކޮށް، އެމައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
ކާނަލް ނާޒިމާމެދު އެމްޑީޕީން ތުހުމަތުތަކެއްކޮށް، އެމައްސަލަ އޭސީސީ އަށް ހުށަހަޅައިފި

މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އދ. ދަނގެތީ ދާއިރާއަށް ޖުމްހޫރީ ޕާޓީން ކުރިމަތިލި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ ނަމުގައި އޮންނަ "ނާޒިމް އަފާފު ފައުންޑޭޝަނުން" އިންތިހާބާ ދިމާކޮށް، ދަނގެތީ ދާއިރާގެ ރަށްރަށަށް ވަކިކަންތައްތަކެއް ކޮށްދޭނެކަމަށް ބުނިކަމަށް އެމްޑިޕީން ތުހުމަތުކޮށް އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

 

އެމްޑިޕީއިން އެމައްސަލަ އޭސީސީއަށް ހުށަހެޅީ، ފުރަތަމަ އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އޭސީސީއަށް އެމައްސަލަ ހުށަހެޅުމަށް އީސީން ލަފާދިނުމުންނެވެ.

 

އީސީން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީއިން އެކޮމިޝަނަށް ހުށަހެޅި މައްސަލާގައި، ނާޒިމުގެ ކެމްޕޭނު ވައިބާ ގްރޫޕްގައި، ދަނގެތީ ކައުންސިލަރު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ ހަނދުރުނބާގިޑިގޭގެ ހުރިހާ ހަރަދެއް ފަންޑުކޮށްދެއްވީ ނާޒިމް އަފާފް ފައުންޑޭޝަނުން ކަމުގައި ބުނާތީ، އެ މައްސަލައަކީ ރިޝްވަރުގެ މައްސަލައަކަށްވާތީ މައްސަލަ އޭސީސީއަށް ފޮނުވުމަށް އެދޭ ކަމަށެވެ.

 

މިކަމާ ގުޅިގެން ވީނިއުސްއަށް ދެއްވި އިންޓަވިއުގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ  ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މިމައްސަލައިގެ ބާވަތުން މިވަގުތު އިތުރު ވާހަކަދައްކަން ބޭނުންފުޅު ނުވާކަމަށެވެ.

މިއަދު އޮންލައިން