ކުޑަކުދިން ލައްވައި ޒިނޭކުރުވުމުގެ ނުބައި އާދަ ރާއްޖޭގަ ފަތުރަން މަސައްކަތްކުރާ މީހުންނަށް ސަމާލުވާން ޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފި އެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އުމުރުން 15 އަހަރުގެ އަންހެންކުދިންނާއި ފިރިހެން ކުދިން ރައްޓެހިވެ ޒިނޭކުރުމަކި މިއަދު ހުޅަނގުގައި ހިނގަމުންދާ ޢާންމު ކަމެއް ކަމަށެވެ. އަދި ހުޅަނގުގެ ބައެއް މައިން ބަފައިން އެމީހުންގެ ދަރިންގެ އުމުރުން 15 އަހަރުވާއިރު މީހަކާއި ގުޅުމެއް ނުހިންގައިގެން އެއީ އެއީ ނަފްސާނީ މައްސަލައެއް ކަމަށް ބަލައި ޑޮކްޓަރުންނަށް ދައްކާފައިވެސް އެބަހުރި ކަމަށެވެ.
މިނުބައި ސަގާފަތް ރާއްޖޭގައި ނުފެތުރިގެން އުޅޭ ބައަކުވެސް އެބައުޅޭކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް ޝައިޚް ޢަލީ ޒައިދު ވަނީ ގޮވާލައްވައިފައެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން އިލްތިމާސްކުރައްވާފައިވާއިރު އުމުރުން 18 އަހަރު ނުފުރޭ، ކުދިން ވިހެއުމުގެ މައްސަލަތައް ރާއްޖޭގައި ދަނީ އިތުރުވަމުންކަން ފާހަގަކުރެވެއެވެ. އަދި ދަރި ވެއްޓުމުގެ މަގުތައް ފަހިވެފައި އޮތުމުން ވިހަނީ ބަލިވެ އިންނަ ކުދިންގެ ތެރެއިން މަދު ކުއްޖަކުކަންވެސް ފާހަގަކުރެވެއެވެ.
https://twitter.com/alizaid1000/status/1104625676064219136
