ހުކުރަށް ދިއަ ނަމަވެސް ހުކުރު ނުލިބޭނެ ގިނަ ބައަކު ހުކުރަށް ދެއެވެ.
އެކަން އެނގެނީ "ފަރުޟު 5 ނަމާދު ނުކޮށް ހުކުރު ނަމާދު ކުރީމާ ހުކުރު ނަމާދު ކުރި ނަމަވެސް އެމީހަކަށް ހުކުރު ނަމާދު ނުލިބޭނެ" ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅުންނެވެ.
ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދުކުރަން ޖެހެއެވެ. ހުކުރު ނަމާދު އަންނަނީ ވެސް ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަހުގައެވެ. ވީމާ ޑރ. އިޔާޟްގެ ބަސްފުޅުން އެނގެނީ ހަފްތާއެއް ވެގެންދާއިރު ކުރަންޖެހޭ 34 ނަމާދު ނުކޮށް ހުރެފައި 35 ވަނަ ނަމާދަށް ދިއަ ނަމަވެސް އެ ނަމާދު ނުލިބޭނެ ކަމެވެ!