ފްލެޓު ހޯދަން ބައެއް ފަރާތްތަކުން ފޯމުގައި ހަމައެކަނި ޖަހާލީ ނަން: ރައީސް ޞާލިޙު

ކިޔުމަށް ހޭދަވާނީ 57ސ
ފްލެޓު ހޯދަން ބައެއް ފަރާތްތަކުން ފޯމުގައި ހަމައެކަނި ޖަހާލީ ނަން: ރައީސް ޞާލިޙު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި ޙިޔާ މަޝްރޫއުގައި ބައެއް ފަރާތުން ފްލެޓަށް އެދި ހުށަހެޅި ފޯމުގައި ހަމައެކަނި ނަންޖަހާލައިގެން ފްލެޓު ލިބިފައިވާ މީހުން ވެސް ތިބި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ކެމްޕެއިނު ޖަލްސާގައި ވަހަކަފުޅު ދައްކަަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ފްލެޓު ފޯމުގައި ހަމައެކަނި ނަން ޖަހާލައި، ދެން ހުރި ބައިތައް ނުފުރާ ދޫކޮށްލާފައިވާ ބައެއް މީހުންނަށް ވެސް ފްލެޓު ދީފައިވާ ކަމަށެވެ. 

"ފްލެޓުތައް އެތޮތް މިގޮތަށް ދީފައި އޮތް އޮތުން ބަލައި އޭގެ ޙައްޤުވެރި ފަރާތްތަކަށް ފްލެޓޫ ދޭން ޖެހޭ. ފްލެޓުތައް ދީފައިހުރިއިރުގައި ބައެއް ފަރާތްތަކަށް އެބަހުރި ހަމައެކަނި ފޯމުގައި ނަން ޖަހާލުމުން ވެސް ފްލެޓު ދީފަ" ރައީސް ޞާލިޙު ވިދާޅުވިއެވެ. 

މީގެއިތުރުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ އެންމެ އިސްކަމެއްދޭނެ މަޝްރޫއު ކަމަށާއި މިފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަަމަށެވެ.

މިއަދު އޮންލައިން