ރިޔާސީ އިންތިހާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވާ އިންތިހާބު ކޮށްދެއްވީ، ކުލަ އަލި މީހަކަށް ވެގެނެއްނޫން- ރައީސް ޞާލިޙު

ކިޔުމަށް ހޭދަވާނީ 1މ 14ސ
ރިޔާސީ އިންތިހާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވާ އިންތިހާބު ކޮށްދެއްވީ، ކުލަ އަލި މީހަކަށް ވެގެނެއްނޫން- ރައީސް ޞާލިޙު

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވީ ކުލަ އަލި މީހަކަށް ވެގެން ނޫންކަމަށާއި އެމަނިކުފާނަށް ރައްޔިތުން ވޯޓު ދެއްވީ ރިޔާސީ އިންތިހާބުގައިވި ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އޮތުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

 

މަޖްލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަށް ވޯޓު ދެއްވި ޖުމްހުރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމް އާއި އެނޫންވެސް ރައްޔިތުންގެ މަތިން ހަނދާން ނައްތާނުލައްވާނެކަމަށެވެ.

 

"ތިބޭފުޅުން އަޅުގަނޑު ހޮއްވެވީ މާރީތި މީހަކަށް ވެގެންނެއް ނޫން، މާ ކުލަ އަލި މީހަކަށް ވެގެންނެއްވެސް ނޫން، ތިބޭފުޅުން އަޅުގަނޑު ހޮއްވެވީ އަޅުނަޑުވީ ވައުދުތަކެއްގެ މައްޗަށް، އަދި އެވައުދުތައް ފުއްދާނެކަމުގެ ޔަގީންކަމެއް ތިބޭފުޅުންގެ އޮތީތީ، ވެރިކަމާއި ހަވާލުވީ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މިދަނީ އެވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން އަދި ކުރިއަށް އޮތީ ވެސް އެގޮތަށް. އަޅުގަނޑު މިއަދުވެސް ތިބޭފުޅުންނަށް، ހުރިހާ ޕާޓީއެއްގެ ހުރިހާ ބޭފުޅުންނަށް، މި ދަންނަވަނީ ތިއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން މިކުރާ މަސައްކަތުން ދެރަ ގޮތެއް ނުވާނެއޭ އަޅުގަނޑުމެންނާއި އެކީ ތިއްބަވާށޭ"" ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިއަދު އޮންލައިން