ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާއި ހަވާލު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާއި ހަވާލު ކޮށްފި

ޔޫތު މިނިސްޓްރީ ހިންގުން، ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ހަވާލު ކޮށްފިއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު މިފަދައިން ނިންމެވިކަން އަންގަވާ، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ޔޫތް މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާއި ހަވާލުކުރެއްވީ މިއަދު ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ހިންގުން އަލީ ވަހީދާއި ހަވާލުކުރައްވާފައި މިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނެރުނު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަފްސީލީ ރިޕޯޓުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލަ ބަލާ ނިމެންދެން މިނިސްޓަރ މަޙުލޫފް ގޭގައި މަޑުކުރައްވަން ރައީސް ޞާލިޙު އަންގަވާފައިވާތީއެވެ.

އޭސީސީ އިން ނެރުނު ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާ ދައުރު ކުރި އެސްއޯއެފްއިން މަހުލޫފްގެ ކައުންޓަށް 30000 ޑޮލަރު ޖަމާވި ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މަހުލޫފު ވިދާޅުވެފައިވަނީ، އެ މުއާމަލާތަކީ އޭނާގެ އާއިލާއިން ”ދަ ޖިންސް“ގެ ނަމުގައި ފިހާރައެއް ހިންގިއިރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ މުއާމަލާތެއް ކަމަށެވެ.

މިއަދު އޮންލައިން