ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ނެރުނު "ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލު" ބާތިލު ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އެއުސޫލަށް އަމަލު ކުރުން ނިމުމަކަށް ގެނެސް އެއުސޫލު ބާތިލު ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ދިދައާއި ބެހޭ އުސޫލެއް އެކުލަވާލައި އަމަލު ކުރަން ފެށީ 2017 ވަނަ އަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ.
އެއުސޫލުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އުސްކޮށް އެހެން އެއްވެސް ދިދައެއް ނުނެގޭނެ ކަމަށެވެ.