އެމްޕީއެލް ގެ ޗެއާމަނަކަށް ނަޒާކީ ޒަކީ ހަމަޖައްސަައިފި

ކިޔުމަށް ހޭދަވާނީ 55ސ
އެމްޕީއެލް ގެ ޗެއާމަނަކަށް ނަޒާކީ ޒަކީ ހަމަޖައްސަައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަން ކަމުގެ މަގާމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ހަމަޖައްސަވައިފިއެވެ. 

އެމްޕީއެލްގެ ޗެއާމަން ކަމަށް ޒަކީ ހަމަޖެއްސެވިކަން ޔަގީން ކޮށްދެއްވަމުން އޭނާ ވިދާޅުވީ އެމްޕީއެލް އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ތަނަވަސް ކޮށްދިނުމަށް ޑިރެކްޓަރުންގެ ބޯޑުގައި ނިންމަން ޖެހޭ ކަންކަން ނިންމަމުން ގެންދާނެކަމުގެ ޔަގީންކަން ސަރުކާރާއި ރައްޔިތުންނަށް ދޭ ކަމަށެވެ. 

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޒަކީ ވަނީ ރާއްޖެއިން މެލޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެއިތުރުން 2011 ވަނަ އަހަރުގެ ތެރޭގައި މެލޭޝިޔާގެ ރަސްގެފާނު ދެއްވާ މަތީ ޝަރަފެއް ކަމަށްވާ "ދާތޯ" ގެ ލަގަބު ވެސް އެޤައުމުން ވަނީ އޭނާއަށް އަރުވާފައެވެ. 

ނަޒާކީ ޒަކީ އަށް އެމްޕީއެލް ގެ ޗެއާމަން ކަން ދިނީ، އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.

 

މިއަދު އޮންލައިން