ޚިޔާނާތްތެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން ފެށިއްޖެނަމަ، ފައިސާގެ ޞައްޙަ ކަމާމެދު އަނބިމީހާ ވެސް 6 ފަހަރަށް ސުވާލުކުރާނެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޚިޔާނާތްތެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން ފެށިއްޖެނަމަ، ފައިސާގެ ޞައްޙަ ކަމާމެދު އަނބިމީހާ ވެސް 6 ފަހަރަށް ސުވާލުކުރާނެ!: ޝައިޚް ޢަލީ ޒައިދު

ޚިޔާނާތްތެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން ފެށިއްޖެނަމަ، ގެއަށް ގެންދާ ފައިސާގެ ޞައްޙަ ކަމާއިމެދު، ގޭގައި އިންނަ އަނބިމީހާ ވެސް 6 ފަހަރަށް ސުވާލުކުރާނެ ކަމަށާއި އަދި ޝައްކުވާނަމަ ބޭނުން ނުކުރާނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދުގެ މި ބަސްފުޅާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "އަދަބު އޮތްތަނުގައި ބާއްވާފައި، ވަފާތެރި އަންބަކު ނަމަ، ޙަރާމް ފައިސާ ގެއަށް ވައްދަން ނުރުހޭނެ ކަމަށެވެ.

ދައުލަތުގެ ފައިސާ އިން ވައްކަން ކުރާކަން ހާމަކުރިކަމަށްޓަކައި އޮޑިޓަރ ޖެނެރަލް ނިޔާޒް އިބަރާހީމްގެ ވަޒީފާ ގެއްލުވާލައި އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ބީއެމްއެލްގެ މުވައްޒިފް ޤާސިމް ޖަލުގައި ބަންދުކޮށް އަދަބުދިންކަން ވެސް ޑރ. އިޔާޟް ވަނީ ފާހަގަކުރައްވައިފައެވެ. 

"ޚިޔާނާތްތެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން ފެށިއްޖެނަމަ، އެއްކަލަ ގޭގަ އިންނަ އަނބިމީހާ ވެސް 6 ފަހަރަށް އަހާނެ، ތިއަ ގެނައީ ޞައްޙަ ލާރި ހޭ؟ ހާދަ ޝައްކޭ! ތި (ފައިސާ) ބޭނުމެއް ނުކުރާނަމޭ! 

ބައެއް މީހުން ނަޞޭޙަތަކަށް ނުގުޑާނެ! އެމީހުން ގުޑާނީ އަދަބަށް!"

މިއަދު އޮންލައިން