ކަޝްމީރު ސަރަހަދުގައި ސިފައިން ގޮވައިގެން ދަތުރުކުރި ބަހެއް ގޮވާލުމުން 40 ސިފައިން މިއަދު މަރުވި ހާދިސާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުށްވެރިކުރައްވައިފިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެއިން އިންޑިއާ އާއި އަދި ބައިނަލްއަޤްވާމީ މުޖުތަމައު އާއި ގުޅިގެން ޓެރަރިޒަމް ސަރަހައްދާއި ދުނިޔެއިން ފޮހެލަން މަސައްކަތް ކުރާނެ ކަމަށެވެ.
މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ.
ބީބީސީ ބުނާ ގޮތުން ސްރިނަގަރަށް ސިފައިން ގޮވައިގެން ދަތުރުކުރި ބަސް ގޮއްވާލާފައިވަނީ ބަހުގައި ގިނަ އަދަދެއްގެ ބަޑިބޭސް ހަރުކޮށްގެންނެވެ. އަދި މިއީ ފަހަކަށް އައިސް މިހައި ގިނަ އަދަދެއްގެ ސިފައިން އެއްފަހަރާ މަރައިލި މިފަދަ ހާދިސާއެވެ.
އިންޑިޢާއިން ތުހުމަތު ކުރަނީ މިއީ ޕާކިސްތާނުގެ ބައިވެރިވުމާއިއެކު ދީފައިވާ ހަމަލާއެއް ކަމަށެވެ.
I strongly condemn the deadly terrorist attack in Kashmir today killing at least 40 people. We send our thoughts and prayers to those affected. The Maldives will continue to work with India and the international community to combat terrorism in our region and the world at large.
— Ibrahim Mohamed Solih (@ibusolih) February 14, 2019