ފުރަތަމަ ޑިގްރީއަށް މިއަހަރު ކިޔަވާނެ ހުރިހާ ދަރިވަރުންނަށް 156 މިލިއަން ރުފިޔާ ޚަރަދުވާނެ - ފައިސާ ކަށަވަރުކޮށްފިން!: ޑރ. އިބްރާހީމް ޙަސަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފުރަތަމަ ޑިގްރީއަށް މިއަހަރު ކިޔަވާނެ ހުރިހާ ދަރިވަރުންނަށް 156 މިލިއަން ރުފިޔާ ޚަރަދުވާނެ - ފައިސާ ކަށަވަރުކޮށްފިން!: ޑރ. އިބްރާހީމް ޙަސަން

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިލެއްވެވުމުން ފުރަތަމަ ޑިގްރީއަށް މިއަހަރު ކިޔަވާނެ ހުރިހާ ދަރިވަރުންނަށް 156 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބައްލަވައި އެފައިސާ އެކުގައި ކަށަވަރުކުރައްވާފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ޙަސަން މިއަދު ވިދާޅުވީ ދިވެހި ޒުވާނުންތަކެއް ކިޔެވުމުގެ މަރުހަލާތަކުގައި ތިއްބައި ފައިސާ ހުސްވެގެން ކިޔެވުމަށް ހުރަސް އެޅޭނެ ގޮތެއް މެދުވެރިވާން ބޭނުންފުޅު ނޫން ކަމަށެވެ. 

"އަޅުގަނޑުމެން އަނދާޒާ މިކުރާ ޚަރަދުގެ ބޮޑުބައެއް، 60 އިންސައްތަ ދާނީ ޕްރައިވެޓް ކޮލެޖުތަކުން ކިޔަވާ ދަރިވަރުންގެ ޓިޔުޝަން ފީއަށް. 34 އިންސައްތަ މިދަނީ ސަރުކާރުގެ 2 ޔުނިވަރސިޓީގައި ހިންގާ ކޯސްތަކަށް. އެހެންވީމާ ސަރުކާރުން އެންމެ ބޮޑު ހޭދައެއް މިކުރަނީ ޕްރައިވެޓް ސެކްޓަރަށް." 

ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މިކަމަށް މިއަހަރު ކުރިމަތިލާނެ ކަމަށް ބެލެވެނީ ގިނަވެގެން 10000 ދަރިވަރުން ކަމަށެވެ. އެއިގެ ތެރެއިން އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރިސިޓީގައި ކިޔަވާ ދަރިވަރަކު އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ފައިސާގެ ވަރަށް ބޮޑު ބައެއް ދައްކާނީ ވެސް ސަރުކާރުން ކަމަށެވެ.

މިއަދު އޮންލައިން