ރާއްޖޭގެ "ތަރައްޤީގެ މައި އިންޖީނުގެ ގިއަރު މަތިކޮށް" ހުރިހާ ދަރިވަރުންނަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ފެށުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިކަމަށްޓައި ޤައުމީ ޔުނިވއރސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތަޢުލީމް ޙާޞިލް ކުރުމަކީ، މި ޒަމާނަށް ބަލާއިރު، ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއް އެކަނި ނޫން ކަމަށާއި މި ޒަމާނުގައި ތަޢުލީމު ސިފަކުރެވެނީ ތަރައްޤީގެ މައި އިންޖީނުގެ ގޮތުގައި ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދަކީ މި ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެމަނިކުފާނު ވެވަޑައިގެންނެވި ވީ ވަޢުދުތަކުގެ ތެރެއިން، ވަރަށް މުހިންމު ވަޢުދެއް ފުދިގެންދާ ދުވަހެއް ކަމަށާއި ރައްޔިތުންގެ އުފާފާގަތިކަމާއި، ރައްޔިތުންގެ ކުރިއެރުމަށްޓަކައި، ކަމެއް ކޮށްދެއްވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އިޙްސާސްކުރެެއްވޭ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމަށާއި ޤައުމީ ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން، ތަޢުލީމީ ދާއިރާއަށް، މި ސަރުކާރުން ވަކިން ޚާއްޞަ އިސްކަމެއް ދިނީ، ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށްވާތީ ކަމަށެވެ. "މި އަހަރުގެ ބަޖެޓުގެވެސް އެންމެ މަތީ އިންސައްތައެއް ޚާއްޞަކޮށްފައިވާނީ، ތަޢުލީމީ ދާއިރާއަށް. އެއީ 3.4 ބިލިއަން ރުފިޔާ"
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުން މިފަހިކޮށްދޭ ފުރުޞަތަކީ، މިރާއްޖޭގެ ރައްޔިތުންނަށްޓަކައި، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށްޓަކައި، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފަދަ ރަނުގެ ފުރުޞަތެއް. ކަމަށެވެ. "ތިއަ ހުރިހާ ދަރިވަރުންވެސް މިފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރަން."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، މަތީ ތަޢުލީމް ޙާޞިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށެވެ. "ސަރުކާރުގެ ދެ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި، މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމު، މިއަދުން ފެށިގެން ހަމަޖެހިގެންދާނެ. އަދި އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް މަތީ އިންސައްތައެއް ދައުލަތުން ދައްކައިދޭނެ. އަދި ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، މި އުޞޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ"
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ ދެ ޔުނިވަރސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި، މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ގެންދާ ކަމަށެވެ. ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރުޞަތާއެކު، މި ޢަދަދު 9،000 އާއި 10،000އާއި ދެމެދުގެ ޢަދަދަކަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.
"ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް މިހާރު ވާނީ، ވަރަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފައި. އެއީ، އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދިނުން. ފުރަތަމަ ޑިގްރީ ޙާޞިލްކުރަން ބޭނުންވެ،
އެކަން ނުފެށި ތިބި ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ތިޔަ ޒުވާނުން މިހުރިހާ ދުވަހު ތިބި މާޔޫސްކަން، މާތް ﷲގެ ވާގިފުޅާއެކު، މިއަދު އިރާދަކުރެއްވިއްޔާ ފިލައިގެން މި ދިޔައިއްޔޭ. މި އަގުބޮޑު ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ޤައުމީ ތަރައްޤީގެ ބައިވެރިއަކަށްވުމަށް، ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު ގޮވައިލަން." "މާދަމާ މި ޤައުމު އޮންނަންވީ ގޮތުގެ ތަޞައްވުރު މިހާރުންސުރެ، ތިޔަ ޒުވާން ސިކުނޑިތަކުގައި ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑު ގޮވާލަން.
ޤައުމީ ތަރައްޤީއަށް ބޭނުންވާ، ޒަމާނީ ޓެކްނޯލޮޖީއާ ފައިހަމަވާ ފަދަ ވިސްނުންތަކެއް އުފަން ކުރެވޭނީ، ތިޔަ ދަރިވަރުންގެ ސިކުނޑިތައް ޢިލްމީ ގޮތުން ރޯފިލައިގެންދާ މިންވަރަކުން. މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުން ވެސް މަސައްކަތް ކުރަންވީ، ސަރުކާރުން މި ފަހިކޮށްދިން ތަނަވަސް ފުރުޞަތުގެ ބޭނުން ޒިންމާދާރުކަމާ އެކު ހިފައި، އުފެއްދުންތެރި ޢިލްމީ ބަޔަކަށް ވުމަށް." މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން،
ޢިލްމު އުނގަންނައިދިނުމަށް، ޚާއްޞަ އިސްކަމެއް ދީފައިވަނީ، ދިވެހި ޒުވާނުންނަކީ، ރަނގަޅު ތަޢުލީމާއި ތަމްރީނު ލިބިގެން، ޒިންމާދާރުކަމާއެކު އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބައަކަށް ހެއްދެވުމަށް ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުއެވެ. ސަރުކާރުގެ އަމާޒަކީ، މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން. މުސްތަޤުބަލްގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު،
މި ސިޔާސަތު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުން ކުރާނެކަމެއް: ރައީސް ސަރުކާރުގެ އަމާޒަކީ، މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން. މުސްތަޤުބަލްގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު، މި ސިޔާސަތު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުން ކުރާނެކަމެއް: ރައީސް