އަދާލަތު ޕާޓީން މަޖިލިސް އިންތިޚާބުގަ 8 ދާއިރާއަކުން ވާދަކުރަން ނިންމައި ޓިކެޓް ހަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަދާލަތު ޕާޓީން މަޖިލިސް އިންތިޚާބުގަ 8 ދާއިރާއަކުން ވާދަކުރަން ނިންމައި ޓިކެޓް ހަވާލުކޮށްފި

ކުރިއަށް އޮތް ރައޔިތުންގެ މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީން 8 ދާއިރާއަކުން ވާދަކުރަން ނިންމައި ޓިކެޓް ހަވާލުކޮށްފިއެވެ. 

އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ މިރޭ ވިދާޅުވީ 13 ދާއިރާޢަކުން ކުރިމަތިލަން ނިންމުމުން ގިނަ ބައަކު ޝައުޤުވެރިކަން ފައުޅުކުރި ކަމަށެވެ. ނަމަވެސް ދާއިރާތައް މަދުކޮށް 8 ދާއިރާއަކުން ވާދަކުރަން ނިންމީ އިންތިޚާބުގައި ވީހައި ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. 

ޝައިޚް އިމްރާން ވިދާޅުވީ ދާއިރާތައް މަދުކުރީ ސަރުކާރަށް ލިބޭ ގޮނޑިތައް އިތުރުކުރުމަށް ކަމަށެވެ. އަދި 19 ވަނަ މަޖިލީހަކީ ސަރުކާރަށް ފުރިހަމަ ތާއީދު އޮތް މަޖިލީހަކަށް ހަދަން އަދާލަތު ޕާޓީއަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި އެކަމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ޕާޓީން ދޭނެ ކަމަށެވެ.  

 

 

މިއަދު އޮންލައިން