މޫނުބުރުގާ އަޅާތީ ވަޒީފާއިން ވަކި ކުރި ޓީޒަރުންގެ ތެރެއިން މައްސަލަ ހުށަހެޅި މީހުންނަށް އަލުން ވަޒީފާ ދީފި!

ކިޔުމަށް ހޭދަވާނީ 1މ 10ސ
މޫނުބުރުގާ އަޅާތީ ވަޒީފާއިން ވަކި ކުރި ޓީޒަރުންގެ ތެރެއިން މައްސަލަ ހުށަހެޅި މީހުންނަށް އަލުން ވަޒީފާ ދީފި!

މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންގެ ތެރެއިން، އެޑިއުކޭޝަން މިނިސްޓްރީ އަށް މައްސަލަ ހުށަހެޅި މީހުންނަށް އަލުން ވަޒީފާ އިޔާދަ ކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

 

ރޭ ރާއްޖެ ޓީީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މީހާ އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ ހުންނަ ގޮތަކުން ވަޒީފާ ގެއްލުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންގެ ތެރެއިން، އެޑިއުކޭޝަން މިނިސްޓްރީ އަށް މައްސަލަ ހުށަހެޅި މީހުންނަށް އަލުން ވަޒީފާ އިޔާދަ ކޮށްދީފައިވާ ކަމަށެވެ.

 

މިނިސްޓަރ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ވަޒީފާތަކަށް ދާން ބޭނުންވާ މީހުންނަށް ވެސް އެ ކަންތައް ހަމަޖައްސައިދީފައި ވާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ އަދަދެއް ޑރ. އައިޝަތު އަލީ ވިދާޅެއް ނުވެއެވެ.

 

"މޫނު ބުރުގާ އަޅައިގެން ހުއްޓަސް މޫނު ބުރުގާ ނާޅައި ހުއްޓަސް ހަމަ ސްކޫލުތަކުން ވަޒީފާ ލިބޭނެ. އަޅުގަނޑުމެންނާ ހަމައަށް އައި އެ ކަހަލަ މައްސަލަތައް ވާނީ ހައްލުކޮށްފައި، އަލުން ވަޒީފާ އިޔާދަ ކޮށްދީފައި. އަދި ހަމަ އިތުރަށް މޫނު ބުރުގާ އަޅައިގެން އާ ވަޒީފާތަކަށް ވަންނަން ބޭނުންވާ ބޭފުޅުންނަށް ވެސް އެކަންތައް ހަމަޖައްސައިދީފައި އޮންނާނީ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އޮންލައިން