ވީހާ އަވަހަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ: ޑރ. ޝީނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވީހާ އަވަހަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ: ޑރ. ޝީނާ

ޞިއްޙީ ޚިދުމަތް ހޯދަން ދިއުމުން އެތަންކުން ދެވެން ހުރި ފަރުވާ ވީހައި  އަވަހަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށާއި ކޮންމެ ދަރަޖައެއްގެ ހޮސްޕިޓަލަކުން ދިނުމަށް ކަނޑައަޅާފައިވާ ފަރުވާ މެދު ނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެއެވެ. 

ޑރ. ޝީނާ މިމޭރުމުން ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހިންގުމުގައި އިސްކޮށް ތިބި ފަރާތްތަކަށް ޚާއްޞަކޮށްގެން ދެ ދުވަހަށް ކުރިއަށް ގެންދާ ފޯރަމް އިފްތިތާޙް ކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައވެ. 

ޑރ. ޝީނާ ފަރުވާ ނުދެވުމުން ނުވަތަ ލަސްވުމުން ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަށާއި އަދި ބައެއް ފަހަރު އެފަދަ މައްސަލަތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަންޖެހޭ ޙާލަތުވެސް މެދުވެރިވަމުން އަންނަ ކަމަށެވެ. އަދި ކުރިން ނެތް މައްސަލަތައްވެސް އުފެދޭ ކަމަށެވެ. މީގެ އިތުރުން ހާލުވެ ބޮޑުވެ މާލެ ގެންނަންޖެހުމުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭ ކަމަށާއި ބައެއް ހާލަތްތަކުގައި މަރުވެފައިވެސް އެބަހުރި ކަމަށެވެ.

ހޮސްޕިޓަލްތަކުގެ ވެރިންނާ މެނޭޖަރުން އަދި ޞިއްހީ ޚިދުމަތް ދިނުމުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިފޯރަމްގެ ބޭނުމަކީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދިނުމަސް ހުރި ދަތިތަކަށް މަޝަވަރާކުރައްވައި ފުރިހަމަ ޚިދުމަތެއް ހޮސްޕިޓަލްތަކުން ދެވޭނެ މަގު ފަހިކުރުމެވެ.

 

މިއަދު އޮންލައިން