އެޕާޓްމަންޓްތަކުގަ އުޅޭ މީހުން ނުކުންނަމުންނާ ވަންނަމުން ޛިކުރުކިޔުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އެޕާޓްމަންޓްތަކުގަ އުޅޭ މީހުން ނުކުންނަމުންނާ ވަންނަމުން ޛިކުރުކިޔުން!

ގެއިން ބޭރުގައި އުޅޭއިރު ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ވީވަރަކުން ޛިކުރުތައް ކިޔުންމަތީގައި ހުރުމެވެ. އެއީ ތިމާއަށް ރައްކައުތެރިކަން އިތުރުވުމުގެ އިތުރަށް ޘަވާބުވެސް އިތުރުވާނެ ކަމެކެވެ.  

މިހާރަކަށް އައިސް ގިނަ ބައަކު ދިރިއުޅެނީ އެޕާޓްމަންޓްތަކުގައެވެ. އެޕާޓްމަންޓް ހުންނަނީ ބޮޑު ޢިމާރާތެއްގައެވެ. އެހެންވެ ގެއިން ނުކުންނަމުން ކިޔާ ދުޢާ (ޛިކުރް) ކިޔަން ވާނީ ތިމާ ދިރިއުޅޭ އެޕާރޓްމަންޓުން ނުކުންނަމުންތޯ؟ ނުވަތަ މައި ޢިމާރާތުން ބޭރަށް ނުކުންނަމުންތޯ؟ ސުވާލުކުރެއެވެ.  

މިގޮތުން ކުރެވޭ ސުވާލުގެ ޖަވާބަކީ  އެމީހަކު ދިރިއުޅޭ އެޕާރޓްމަންޓުން ނުކުންނަމުން ކަމަށެވެ. އޭނާ ދިރިއުޅޭ ގެއަކީ އެއީކަމަށްވާތީއެވެ. އެތަނުން ނުކުންނަ ވަޤުތުން ފެށިގެން އެމީހަކަށް ރައްކާތެރިކަން ބޭނުންވާނެތީއެވެ.  

ހަމަ އެފަދައިން ގެއަށް ވަންނަމުން ކިޔަންޖެހޭ ޛިކުރުތައްވެސް އެމީހަކު ދިރިއުޅޭ އެޕާޓްމަންޓަށް ވަންނަމުން ކިޔަންވާނެއެވެ. ތިމާ އާއިއެކު ޝައިޠޯނުން ގެއަށް ވަނުން ހުއްޓުވޭނީ އެއިރުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން