ދަރިންނަށް ދޭ އަގުބޮޑު ހަދިޔާތައް މަތިން ހަނދާން ނެތުނަސް މަންމަގެ ހިތަށް ބައްޕަ ކުރާ އަނިޔާތަކުގެ ހަނދާން ނައްތައެއް ނުލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދަރިންނަށް ދޭ އަގުބޮޑު ހަދިޔާތައް މަތިން ހަނދާން ނެތުނަސް މަންމަގެ ހިތަށް ބައްޕަ ކުރާ އަނިޔާތަކުގެ ހަނދާން ނައްތައެއް ނުލާނެ!

ދެވަނަ ދަރިފުޅު ބައްޕަގެ ގާތަށް ގޮސް ދެރަވެފައި ބުނީ ކުށެއް ކުރެވިއްޖެކަމަށެވެ. އެކުށަކީ އަނބިމީހާއަށް ބޭވަފާތެރިވެވުން ކަމަށާއި އެކަން އަނބިމީހާއަށް އެނގިއްޖެނަމަ މާފުނުކުރާނެ ކަމަށެވެ. އެހެންވެ އެކަމުން ސަލާމަތްވެވޭނެ ގޮތެއް ބުނެދިނުމަށެވެ.  

ބައްޕަ ދެރަވެފައި ފެށީ ބައްޕަގެ މާޒީގެ ވާހަކަތަކެވެ. "ބައްޕައަށްވެސް ދަރިފުޅުގެ މަންމައަށް ބޭވަފާތެރިވެވުނެވެ. ހިތުގައި ޖައްސުވައި ރޮއްވުނެވެ. އެއިރު ދަރިފުޅު ކުޑަވީމާ ހަނދާން ނުހުންނަނީއެވެ. ބޭބެ ބޮޑުވީމާ އެހަނދާންތައް ހުރެއެވެ. ބައްޕައަށް ރަޙުމް ނުކުރަނީވެސް އަދި ބުނަން ބޭނުންވާހައި ބައްޕައާއި ދިމާއަށް އެބުނަނީވެސް އެހެންވެގެންނެވެ.  

ދަރިފުޅާއެވެ! އެނބުރި އަވަހަށް ގެއަސްދާށެވެ! އަނބިމީހާގެ ކިބައިން މާފަށް އެދޭށެވެ. އެފަދަ ކަމެއް ތަކުރާރުނުކުރާށެވެ. ދަރިފުޅާއި ހުރެގެން އަނބިމީހާ ހިތާމަކުރާ މަންޒަރު ދަރިންނަށް ފެނުނަ ނުދޭށެވެ! ފެނިއްޖެނަމަ ޖެހޭނީ ބައްޕައަށްވެސް ޖެހިފައި މިހުރި ޙާލެވެ. ވީމާ އަނބިމީހާގެ އަޅަކަށްވެގެންވެސް އަނބިމީހާގެ ރުހުން ހޯދާށެވެ!  

ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ! ދަރިންނަށް ދޭ އަގުބޮޑު ދަދިޔާތައް މަތިން ހަނދާން ނެތުނަސް މަންމަގެ ހިތަށް ބައްޕަ ކުރާ އަނިޔާތަކުގެ ހަނދާން ނައްތައެއް ނުލާނެއެވެ. އެކަމަށް ބަދަލުހިފާނެއެވެ."  

އެބައްޕަ އެދިނީ އާދައިގެ ނަބީޙަތެއް ނޫނެވެ. އަދި އެނަޞީބީޙަތް އެދިނީ އޭނާއަށް ކުރަންޖެހިފައިވާ ހިތި ތަޖުރިބާއަށް ބަލައިގެންނެވެ. ވީމާ މިއީ ކޮންމެ މީހަކަށްވެސް ސައްތައިންސައްތައިގެ އަގުހުރި ނަޞީޙަތެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން