ހެޔޮ ގޮތުގަ ދުނިޔޭގަ އުޅެވޭ މީހުން ތިބޭނީ މަރުވެ ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުވުމަށް ކެތްމަދުވެފަ! ކާފިރުން ތިބޭނީ މަރުވެދާނެކަމަށް ބިރުން ވިރިވިރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ހެޔޮ ގޮތުގަ ދުނިޔޭގަ އުޅެވޭ މީހުން ތިބޭނީ މަރުވެ ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުވުމަށް ކެތްމަދުވެފަ! ކާފިރުން ތިބޭނީ މަރުވެދާނެކަމަށް ބިރުން ވިރިވިރި!

މުސްލިމުންނަށް އޮތީ މަރުވެދާނެ ކަމަށް ބިރުން ތުރުތުރު އަޅައަޅައި ތިބުމެއް ނޫނެވެ. އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބުމެވެ. ނަމަވެސް ގިނަ ބައަކު މިއަދު މިވަނީ އެކަންތައް ބަދަލުކޮށްލައިފައެވެ. އަބަދުވެސް ތިބެނީ މަރުވެދާނެކަމަށް ބިރުންނެވެ. މަރަށް ތައްޔާރުވެގެން ތިބެނީ މަދުމީހެކެވެ.  

إبراهيم بن أدهم رحمه الله އަށް ދެންނެވުނެވެ! މީސްތަކުން މަރަށް ބިރުގަންނަނީ ކީއްވެހޭ؟  

ޖަވާބުގައި ވިދާޅުވިއެވެ! "ފައްކާކޮށްފާވާ ތަނަކުން ވީރާނަކޮށްފައިވާ ތަނަކަށް ދާން ބޭނުންވާނީ ކާކުހެއްޔެވެ؟ މީސްތަކުންވަނީ އެމީހުންގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފައެވެ."

ދުނިޔޭގައި ދިރިއުޅެން ލިބޭ މަދު ދުވަސްކޮޅު ގިނަ ބައަކު އަވަދިނެތި މަސައްކަތް ކުރެވެނީ ދުނިޔޭގައި ކުރިއަރައިދިއުމަށެވެ. އާޚިރަތް ދުވަހު ކުރިއަރައިދާން ކުރެވެނީ ވަރަށް ކުޑަކުޑަ މަސައްކަތްކޮޅެކެވެ.  

ދުނިޔޭގައި ކުރިއަރައިދާން ކުރަންޖެހޭ މަސައްކަތްތައް ހޭލައިހުރެގެންވެސް ކޮށް ނިންމަން މަސައްކަތްކުރެއެވެ. ﷲ ތަޢާލާއަށް ސަޖިދަކޮށްލާނެ ވަގުތު ލިބޭކަމަކަށް ނުވެއެވެ. އެފަދަ މީހުން އެވަރުން އާރާސްކުރި ދުނިޔެ ދޫކުރަން ބޭނުމެއް ނުވާނެ ނޫންހެއްޔެވެ؟ 

އެންމެ ކާއިނާތްތަކާއި އެތަންތަނުގައިވާހައި އެއްޗެއް މިލްކުވެވޮޑިގެންވާ ގަދަ ކީރިތިވަން ﷲ، ޤިޔާމަތްދުވަހުން އެއްވެސް ތަރުޖަމާނެއްނެތި، ކޮންމެ މީހަކާމެ، ބަސްވަޙީކުރައްވައި، ކޮންމެ މީހަކު ދުނިޔޭގައި ކޮށްފައިވާ ޢަމަލަކާ ސުވާލުކުރައްވައި، އެމީހެއްގެ ގުނަވަންތަކާއި، ގައިގެ ހަންގަނޑާއި، ބިންގަނޑު އެމީހެއްގެ މައްޗަށް ހެކިދޭދުވަށް ބިރުވެތިވެ، ސަލާމަތްވަމާތޯއެވެ؟ 

އެއްވެސް ޝައްކެއް ނެތެވެ. ހެޔޮ ގޮތުގަ ދުނިޔޭގައި އުޅެވޭ މީހުން ތިބޭނީ މަރުވެ ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުވުމަށް ކެތްމަދުވެފައެވެ. ކާފިރުން ތިބޭނީ މަރުވެދާނެކަމަށް ބިރުން ވިރިވިރިއެވެ. އެމީހުންގެ ފުރާނަ ހިއްޕަވާ ވަޤުތު ފުރާނަ ހަށިގަނޑުން ނުނުކުންނަން ގަދަހަދަނީވެސް ނުކުތުމުން ދެއްވަވަވާނެ ގަދަފަދަ ޢަޛާބަށް ބިރުންނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން