ﷲ އަށް ބިރުވެތިނުވާ މީހުންނާ މަޝްވަރާކުރުމެއް އަދި އެމީހުން ދޭ މަޝްވަރާ ޤަބޫލުކުރުމެއް ނެތްކަން ޢުމަރުގެފާނުގެ ބަސްފުޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ﷲ އަށް ބިރުވެތިނުވާ މީހުންނާ މަޝްވަރާކުރުމެއް
އަދި އެމީހުން ދޭ މަޝްވަރާ ޤަބޫލުކުރުމެއް ނެތްކަން ޢުމަރުގެފާނުގެ ބަސްފުޅުން!

 

ކަނަކްނަ ކުރިމަތިވުމުން އެހެން މީހުންގެ މަޝްވަރާ ހޯދަމުއެވެ. އަދި އެމީހުންދޭ މަޝްވަރާ ޤަބޫލުވެސް ކުރަމުއެވެ. އެހެންކަމުން މަޝްވަރާ ހޯދުމުގައި ޢުމަރުގެފާނުގެ މިބަސްފުޅަށް ސަމާލުކަންދޭން އެބަޖެހެއެވެ. އެއީ ޢާއިލާ ނުވަތަ ތިމާގެ އަމިއްލަ ކަމެއްގައި ނަމަވެސްމެއެވެ.

ޢުމަރުގެފާނު رضي الله عنه ވިދާޅުވެފައިވެއެވެ. 

( شَاوِرْ فِي أَمْرِكَ مَنْ يَخَافُ اللَّهَ عَزَّ وَجَلَّ )

މާނައީ: " މާތް ﷲއަށް ބިރުވެތިވާ މީހުންނާ ތިބާ ކަންކަމުގައި މަޝްވަރާކުރާށެވެ."

މަޞްދަރު: الآداب الشرعية لابن مفلح الحنبل 

ކަންކަމުގައި މަޝްވަރާ ހޯދޭ މީހުންގެ ކިބައިގައި ހުރުން ލާޒިމު ބައެއް ސިފަތައް:

1- ބުއްދިވެރިޔަކު ކަމުގައި ވުމާ އެކު، އޭނާއަކީ އެ މަޝްވަރާކުރެވޭ ކަމެއްގެ ތަޖްރިބާ ހުރި މީހަކު ކަމުގައިވުން.

2- ދީންވެރި ތަޤްވާވެރި މީހަކު ކަމުގައިވުން.

3- ތެދުވެރި މުންޞިޙެއް ކަމުގައިވުން.

4- ފިކުރީ ގޮތުން ރަނގަޅު މީހެއް ކަމުގައިވުން.

5- މަޝްވަރާ ކުރެވޭ ކަމެއްގައި އޭނާގެ މަޞްލަޙަތު ފުށުއަރާ ކަމެއް ނެތުން. 

މަޞްދަރު: الشورى الإسلامية والديمقراطية الغربية، الشيخ صلاح نجيب الدق 

-- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން