ﷲ ތަޢާލާއަށް ޘަނާ ދަންނަވާނެ ރިވެތި ޢިބާރާތްތައް އަމިއްލައަށް ނުއެނގޭނެ މީހުން ތިބޭނެއެވެ. މިގެނެސްދެނީ ވަރަށް ރިވެތިވެގެންވާ ދުޢާއެކެވެ. ވަކިކަމަކަށް ނުއެދުނަސް މިފަދަ ދުޢާތައް ކުރާ މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
މިފަދަ ޢިބާރާތްތަކުން ﷲ ތަޢާލާއަށް ގިނަގިނައިން ޘަނާ ދަންނަވާށެވެ!
"އޭ އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަސްވަންތަކަމުގެ މަތިވެރިކަމާއި، އިބަރަސްކަލާނގެ ވަޖުހުފުގެ ޖަލާލުވަންތަކަމާއި އެކަށޭނެ އެންމެހައި ޙަމްދު ތަޢުރީފާއި، ޘަނާ އިބަރަސްކަލާނގެއަށް މިލްކުވެވޮޑިގެންވެއެވެ."
- ޝައިޚް މުޙައްމަދު ލަޠީފް